ރާއްޖެއިން މި އަހަރުގެ ޖެނުއަރީ މަހު މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓްކުރީ 3،780 މެޓްރިކްޓަނުގެ މަހެވެ.
މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓްކުރި 5،710 މެޓްރިކް ޓަނުގެ މަހަށްވުރެ 33.8 ޕަސެންޓް ދަށް އަދަދެކެވެ.
ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން ބޭރުކުރީ ކަޅުބިލަ މަހެވެ.
އެ ގޮތުން ގަނޑުކުރި އަދި ތާޒާ ކަނޑުމަހުގެ ގޮތުގައި 2،135 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި 1،015 މެޓްރިކް ޓަނުގެ ކަންނެލި ބޭރުކުރި އެވެ.
މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރުކުރީ 344.3 މެޓްރިކް ޓަނުގެ މަހެވެ.




