އީރާނުން ވައްޓާލި ޖެޓްގެ އޮފިސަރު އެމެރިކާއިން ސަލާމަތްކޮށްފި

އީރާން މަތިން އުދުހެނިކޮށް ވައްޓާލި އެމެރިކާގެ ޖެޓްގެ އޮފިސަރު ސަލާމަތްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ސިފަކުރި ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައި ހިންގި އެންމެ ކާމިޔާބު އަދި އެންމެ ނުރައްކާތެރި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެވެ.

އީރާން މަތިން ވައްޓާލީ އެފް-15އީ މަރުކާގެ ޖެޓެކެވެ.

ޓްރަމްޕް ވިދާޅުވީ އެ އޮފިސަރު ހުރި ތަން އެމެރިކާގެ އަސްކަރިއްޔާއިން 24 ގަޑިއިރު ބަލަމުންދިޔަ ކަމަށާއި އޭނާ ސަލާމަތްކުރުމުގެ ރޭވުންތައް ވަރަށް ފަރުވާތެރިކަމާއެކު ރާވަމުންދިޔަ ކަމަށެވެ.

އޭނާ ސަލާމަތްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދުނިޔޭގެ އެންމެ ނުރައްކާތެރި ހަތިޔާރުތަކާއެކު އެތައް މަތިންދާބޯޓެއް ފޮނުވި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޮފިސަރަށް ބައެއް އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *