އިޒްރޭލާ ގުޅުން ބާއްވާ އީރާންގެ 100 އަށް ވުރެ ގިނަ މީހުންގެ މުދާ ހިފަހައްޓައިފި

އިޒްރޭލާ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި އީރާންގެ 100 އަށްވުރެ ގިނަ މީހުންގެ މުދާ ހިފަހައްޓައިފި އެވެ.

އީރާންގެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނި ގޮތުގައި "ދުޝްމަނުންނަށް" ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 100 އަށްވުރެ ގިނަ މީހުންގެ މުދަލާއި ބޭންކް އެކަައުންޓް ފްރީޒްކުރުމުގެ އަމުރަށް އެދިފައިވާ ކަމަށެވެ.

އިޒްރޭލަށް ވާގިވެރިވާ މީހުންގެ ތެރޭގައި އެކްޓަރުންނާއި ކުޅިވަރު ކުޅުންތެރިންނާއި އީރާނުގެ ނޫސްތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުދާ ހިފެހެއްޓި ވަކިވަކި ފަރުދުންގެ ނަންތައް ހާމަކޮށްފައިނުވެ އެވެ.

އިޒްރޭލަށް ޖާސޫސްކޮށްދޭ މީހުން އީރާންގައި އުޅޭއިރު މި މީހުން އީރާންގެ މުހިންމު މައުލޫމާތުތައް އިޒްރޭލަށް ފޯރުކޮށްދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *