ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު، މޫދު އަޑިން ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިއަދު 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންކަމަށެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އެ މީހާގެ ހާލަތާ ގުޅޭ މައުލޫމާތެއް ފުލުހުން ދީފައިނުވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




