ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިސް ޕްލާންޓެއް ގާއިމުކުރުމަށް ނިންމައިފި އެވެ.
މި އައިސް ޕްލާންޓް ގާއިމުކުރުމަށް ނިންމާފައިވަނީ އއ. އުކުޅަހުގައެވެ.
މިމަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.
އުކުޅަހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް އެވެ.
މިރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިމަޝްރޫއު ހަވާލުކޮށްފައިވަނީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
ލޯކަލް ޓޫރިޒަމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކޮށްފައިވާ އުކުޅަހަކީ ފަރުމަހުގެ މަސްވެރިކަން ކުރާ މީހުން ގިނަ ރަށެކެވެ.




