އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރަން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނީ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށް ދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، މި ހަފުތާއިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް 51 ޕަސެންޓް އިތުރު ކުރުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި ގޮތަށް ނިންމީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުން ގޮތުންނެވެ.

މެދުއިރުމަތީގައި މި އަހަރުގެ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖެއަށް ވަންނަ ޑޮލަރު މަދުވުމުން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވަމުންދާ ޕްރެޝަރު ކުޑަކުރުމުގެ ގޮތުން އެމްއެމްއޭ އިން ބޭންކްތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރި އެވެ.

އެ ގޮތުން ރާއްޖޭގެ ބާޒާރުގައި ވިއްކާ ކާބޯތަކެތީގެ އަގުތައް، ރޯދަމަހުގެ ތެރޭގައި މައްޗަށް ދިޔަނުދީ ހިފެހެއްޓުމުގެ ގޮތުން، ކާބޯތަކެތި އެތެރެކުރާ ވިޔަފާރިތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރުގެ މިންވަރު، މި އަހަރުގެ ރޯދަމަހުގެ ތެރޭގައި އެމްއެމްއޭއިން 32 ޕަސެންޓަށް އިތުރުކުރި އެވެ.

މީގެ އިތުރުން، ޓޫރިޒަމްގެ އޮފް-ސީޒަނާއި ދިމާކޮށް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ކޮންމެ ހަފްތާއަކު ބޭންކުތަކަށް ވިއްކާ މިންވަރު ސެޕްޓެންބަރު މަހުގެ ނިޔަލަށް 26 ޕަސެންޓް އިތުރުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *