ސީއެމްޑީއޭގެ ފޭކު ޕޭޖެއް، ސަމާލުވޭ

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަން ބޭނުންކޮށްގެން ފޭސްބުކްގައި ހިންގަމުންދާ ފޭކު ޕޭޖަކަށް ސަމާލުވުމަށް ސީއެމްޑީއޭ އިން އިލްތިމާސްކޮށްފި އެވެ.

ސީއެމްޑީއޭގެ ލޯގޯއާއި ނަން ބޭނުންކޮށްގެން އިންވެސްޓަރުންނާއި އާންމުންނަށް އޮޅޭގޮތަށް ހިންގަމުންދާ މި ޕޭޖަކީ އެ އިދާރާއާ އެއްވެސް ގުޅުމެއް ހުރި ޕޭޖެއް ނޫން ކަމަށް ސީއެމްޑީއޭ އިން މައުލޫމާތުދެ އެވެ.

ސީއެމްޑީއޭ އިން ބުނީ އެ އިދާރާގެ ނަމުގައި އެއްވެސް މުއާމަލާތެއް ކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ އިޚްތިޔާރު އެ ޕޭޖާ ގުޅުންހުރި އެއްވެސް ބަޔަކަށް ދީފައިނުވާނެ ކަމަށެވެ. އެހެންވެ އެ ޕޭޖު ހިންގާ ފަރާތާއެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުކުރުމަށް ސީއެމްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަމިއްލަ ޒާތީ މައުލޫމާތުތައް ހިއްސާނުކުރުމަށާއި، އެ ޕޭޖުން ފަތުރާ ދޮގު މައުލޫމާތުތަކަށް ބިނާކޮށް އެއްވެސް މާލީ ނިންމުމެއް ނުނިންމުމަށް ސީއެމްޑީއޭ އިން ވަނީ އިންވެސްޓަރުންނަށް އިރުޝާދު ދީފަ އެވެ.

ސީއެމްޑީއޭ އިން އިތުރަށްް ބުނީ ޣައިރު ގާނޫނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *