ޕްލާސްޓިކް ކޮތަޅުބޮނޑިން ފީ ނެގުން އިސްތިސްނާވާ ބިލް ފާސްކޮށްފި

ޕްލާސްޓިކް ކޮތަޅުބޮނޑިން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް މި އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް އެވެ.

މި ބިލް ފާސްވީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގައި 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ވަނީ އިސްތިސްނާކޮށްފަ އެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެންދެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި ގޮތަށް ކުނި ގެންދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށްވެސް އިސްލާހުގައިވެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ) ގައި މިހާރު އޮތް ގޮތުން ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ސިނާއީ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައި އުފެދޭ އަދި އުފައްދާ ކުނި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް އެޅުމަކީ ކުށެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *