ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފި އެވެ.
ޔަޒްމީދު މި މަގާމަށް އައްޔަނުކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޔަޒްމީދަކީ ދައުލަތުގެ އެކިއެކި އިދާރާތަކާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ސަރުކާރުގައި ޔަޒްމީދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަން ކުރައްވާފަ އެވެ.
ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވާސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނާސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.




