އުރީދޫ މޯލްޑިވްސް އަދި ފިޝަރީޒް މިނިސްޓްރީ ގުޅިގެން އުރީދޫ މަސްރޭސް 2026 މި ހުކުރު ދުވަހު 16 ޓީމާއެކު ކ. މާފުށީގައި އޮންނާނެ އެވެ.
މި މުބާރާތުގައި ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ.
އެ ގޮތުން ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި، އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1،000 ރުފިޔާގެ އިނާމު ދޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.\
އުރީދޫ މަސްރޭހަކީ ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާނުއްސުރެ މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމުގެ ނިޔަތުގައި ބޭއްވޭ ހަރަކާތެކެވެ. އަދި މިއީ އަބަދުވެސް ވަރަށް ފޯރިއާއެކު ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވަމުން އަންނަ އިޖުތިމާއީ ހަރަކާތެކެވެ.




