ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކޮށްފި އެވެ.
ފަތުރުވެރިކަމާއި، ހޮސްޕިޓަލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން 25 އަށްވުރެ ގިނަ އަހަރު ތަޖުރިބާ ހޯއްދަވާފައިވާ އަބްދުﷲ ޔާސިރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފަ އެވެ.
މީގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް މަސައްކަތް އަބްދުﷲ ޔާސިރު މަސައްކަތް ކުރައްވާފައިވެ އެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލާސް އޮފް އާޓްސް (އޮނާސް) ހާސިލްކުރައްވާފަ އެވެ.




