ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ހޯދަނީ

ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިޔުއެސްސީގެ 100 ޕަސެންޓް ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ހިއްސާ ވިއްކާލިކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެއީ ރައްޔިތުންގެ ވަރަށްބޮޑު ހަރު މުދަލެއް ކަމަށާއި ދިރާގެ ހިއްސާ ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދިރާގަކީ ވަރަށް ފައިދާވާ ކުންފުންޏެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފައިދާގެ ބޮޑުބައެއް މިހާރު ދަނީ ބޭރަށް ކަމަށާއި އެ ފައިދާ ބޭރަށް ދިއުމުގެ ބަދަލުގައި ދިވެހިންނަށް އެކަމުގެ ފައިދާވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީއަކީވެސް 100 ޕަސެންޓް ދިވެހި ސަރުކާރު ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *