އާރްޑީސީއާއި ފެނަކަ އުވާލުމަށް ނިންމައިފި

ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ފެނަކަ އުވާލުމަށާއި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުދަލާއި ޚިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށް އާރްޑީސީވެސް އުވާލުމަށް ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ތެރޭގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ފަނަކަ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކުންފުންޏެއް ނޫންކަން އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންވެ ފެނަކަ ކޯޕަރޭޝަން އުވާލުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މުޅި ރާއްޖޭގައި ދެން ހިދުމަތް ދޭނީ ސްޓެލްކޯ އިން މި ޕްރޮސެސް ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާރްޑީސީ އާއި ފެނަކަ އުވާލުމަށް ނިންމީ އެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް އެހެން ކުންފުނިތަކުންވެސް ކުރަމުންްދާތީ އެއް މަސައްކަތެއް ކުރާ ދެ ކުންފުނި އޮތުމުން ދައުލަތުގެ ހަރަދުތައް އިތުރުވެ ކުންފުނިތަކަށްވެސް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ފެނަކަ އާއި އާރްޑީސީއަކީ ސަރުކާރު ހިއްސާވާ 100 ޕަސަންޓް ދެ ކުންފުންޏެވެ. މި ދެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް މުވައްޒަފުން އިތުރުކޮށް، ހަރަދުތައް ބޮޑުވެފައިވާތީ ފެނަކަ އާއި އާރްޑީސީގައި އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި އެބައޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *