60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ނުލިބޭ ގޮތް ހެދުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު މިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ސިޔާސާތަށް އަންނަ މަހުން ފެށިގެން އަމަލުކުރެވޭނެ އެވެ.

އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅާއެކު އަންނަ އަހަރުގެ ތެރޭގައި 287 މިލިއަން ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މުއްސަނދިންނަށް ހުރިހާ ފްރީކޮށް ލިބިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

އާސަންދައަށް އަހަރުން އަހަރަށް ކުރަންޖެހޭ ހަަރަދުތައް އިތުރުވެ މިދިޔަ އަހަރުވެސް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *