އެމްޑީޕީގެ ޕްރައިމަރީގައި ތާއީދުކުރަނީ ފައްޔާޒަށް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރައްވާނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ތާއީދުކުރާ މީހުން ތިބި ނަމަވެސް މި ފަހަރު ހުންނެވީ ފައްޔާޒް އިސްމާއީލާއެކު ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއީދުކޮށްގެންނޭ. ހަމައެއާއެކީގައި އަޅުގަނޑަށް އެނގޭ އަޅުގަނޑަށް ތާއީދުކުރާ މީހުން ރާއްޖޭގައި މަދެއް ނޫންކަން. އެހެން ނަމަވެސް އަޅުގަނޑު މި ފަހަރު މި ހުރީ ފައްޔާޒަށް ތާއީދުކޮށްގެން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަފާނެ ކަމާމެދު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެ މަގާމަށް ސޯލިހް ވާދަކުރައްވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންމެ ބޭފުޅަކު ޕްރައިމަރީގައި ވާދަ ކުރެއްވި ނަމަވެސް ތާއީދު ކުރައްވާނީ ފައްޔާޒަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *