ހުޅުމާލޭގައި އެކްސިޑެންޓެއްވެ ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

މިއެކްސިޑެންޓް ރޭ 11:05 ހާއިރު ހިނގާފައިވަނީ ވިނަރެސް 5 ކައިރިން ހިތިގަސް މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގައި ދެ ސައިކަލް ދުއްވަން ތިބި މީހުންނަށާއި ސައިކަލްގެ ފަހަތުގައި ތިބި މީހުންނާއެކު ޖުމްލަ ހަތަރު މީހަކަށް އަނިޔާވި ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކުގެ ކައިރީގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކްސިޑެންޓްތައްވެ ބައެއް މީހުން މަރުވެ އަދި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތަކެއް ލިބެމުންދާތީ ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށްފަ އެވެ.

އެކްސިޑެންޓްތައް އިތުރުވަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އިހްތިރާމު ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *