މަޝްރޫއުތަކަށް އެހީ ހޯދަން އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީ ހޯދުމާ ގުޅޭ ގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި އޭޑީއެފްޑީގެ ޑިރެކްޓަރުު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަބޫދާބީ ފަންޑުން ދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *