އެޕަލް އިން ފަތްޖެހޭ ފޯނު ދައްކާލައިފި

އެޕަލް އިން ފުރަތަމަ ފަހަރަށް ފަތްޖެހިި އައިފޯނު ދައްކާލައިފި އެވެ.

އެޕަލްގެ އާ އުފެއްދުންތައް ދައްކާލާފައިވަނީ "ސަޕްރައިޒް އެންޑް ޝައިން" ގެ ނަމުގައި ބޭއްވި އިވެންޓްގަ އެވެ.

މި އިވެންޓްގައި ވަނީ އާ އެެޕަލް ވޮޗްގެ އިތުރުން އާ އެއާޕޮޑްސް ދައްކާލާފަ އެވެ.

 

އައިފޯން ޑުއޯ

އެޕަލްގެ ފަތްޖެހޭ ފޯނަށް ދީފައިވާ ނަމަކީ "އެޕަލް ޑުއޯ" އެވެ. މި ފޯނުގެ އަގު ފެށެނީ 1،999 ޑޮލަރުންނެވެ.

މި ފޯނުގައި ލިބެނީ ދެ ކުލަ އެވެ. އެއީ "ސްޓާ ވައިޓް" އަދި "ނައިޓް ސްކައި" އެވެ.

  • 256 ޖީބީ – 1،999 ޑޮލަރު
  • 512 ޖީބީ – 2،199 ޑޮލަރު
  • 1 ޓީބީ – 2،599 ޑޮލަރު
  • 2 ޓީބީ – 3،199 ޑޮލަރު

އެޕަލް އިން ބުނި ގޮތުގައި އޮކްޓޯބަރު 23 އިން ފެށިގެން 70 ގައުމެއްގައި މި ފޯނު ވިއްކަން ފަށާނެ އެވެ. މި ފޯނުގެ ފަހަތުގައި ދެ ކެމެރާ ހިމެނެ އެވެ.

 

އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް

އައިފޯނު 18 ޕްރޯގެ އަގު ފެށެނީ 1،199 ޑޮލަރުންނެވެ. އަދި އައިފޯން 18 ޕްރޯ މެކްސްގެ އަގު ފެށެނީ 1،299 ޑޮލަރުންނެވެ.

އާ އައިފޯން 18 ޕްރޯ ސީރީޒްގެ ފޯނުތަކަށް ޕްރީ-އޯޑަރު ކުރުން މި އަންނަ ހޮނިހިރު ދުވަހު ހުޅުވާލާއިރު ރަސްމީކޮށް ބާޒާރަށް ނެރޭނީ މި މަހުގެ 18 ގައި ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.

 

އެއާޕޮޑްސް 5

އެޕަލް އިން ރޭ ދައްކާލި އެއާޕޮޑްސް 5 ގެ އަގަކީ 129 ޑޮލަރެވެ. އަދި ވަޔަލެސް ޗާޖިން ކޭސް ހިމެނޭ އެއާޕޮޑްސް 5 ގެ އަގަކީ 149 ޑޮލަރެވެ.

 

އެޕަލް ވޮޗް

އެޕަލް އިން ރޭ ދައްކާލާފައިވަނީ އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 އެވެ.

ސީރީޒް 12 ގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. އަދި އަލްޓްރާ 4 ގެ އަގު ފެށެނީ 799 ޑޮލަަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *