އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް ހޯދަމުންދަނީ ސ. ހިތަދޫ، ކަށިސުތުލިގެ، މުހައްމަދު އިމާދު (46އ) އެވެ.
ފުލުހުން ބުނި ގޮތުގައި މުހައްމަދު އިމާދު ހޯދަމުންދަނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެވެ.
ތަހުގީގުގައި ސުވާލުކުރުމަށް ބޭނުންވާތީވެ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ފުލުހުންގެ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް މުހައްމަދު އިމާދަށް ފުލުހުން ވަނީ އަންގާފަ އެވެ.




