ނަސީދާއި ފައްޔާޒު އެކުވެ، އިބޫ އެމްޑީޕީން ބޭރުކުރުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ހިނގަމުންދާ ވާދަވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ޗެއަޕާސަން ފައްޔާޒު އިސްމާއީލް އެއް ޓީމެއްގައި މަސައްކަތް ކުރައްވާއިރު، އެ ޓީމާއި ދެކޮޅަށް މަސައްކަތް ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ޓީމެއްކަމަށް އެމްޑީޕީގެ ބައެއް އޮފިޝަލުން ބުނެފިއެވެ.

އެމްޑީޕީން އަންނަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެ ކޮންގްރެސްގެ ބޭނުމަކީ ރިޔާސީ އިންތިހާބުގެ ޓިކެތުގެ މަސައްކަތް ކުރުންކަމަށް ވެސް އެމްޑީޕީގެ އިސް އޮފިޝަލުން ވަނީ ބުނެފައެވެ.

މި ވާދަވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން ފައްޔާޒަށް ތާއީދުކުރުމާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށް އެމްޑީޕީގެ އިސް މެންބަރުން ބުނެއެވެ. ފައްޔާޒު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައެވެ.

ނަޝީދާއި ފައްޔާޒު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ދެ ބޭފުޅުންގެ ދެމެދު ރޭވެމުންދާ ޕްލޭނަކީ ނަޝީދުގެ ފަޅިން އެމްޑީޕީގެ ތެރެއަށް އިތުރުކުރެވޭ މީހުންގެ ވޯޓުން ފައްޔާޒަށް ރިޔާސީ ޓިކެޓުގެ ފުރުސަތު ބޮޑުކުރުން ކަމަށް ވެއެވެ.

މި މަޝްވަރާތައް ހިނގަމުންދަނިކޮށް ޑިމޮކްރެޓްސްގެ ހުސައިން އަމްރު އަނބުރާ އެމްޑީޕީއަށް ގުޅުނެވެ. އޭނާގެ ފަހަތުން ޑިމޮކްރެޓްސްގެ އޭރުގެ ރައީސް ހަސަން ލަތީފް، ނައިބު ރައީސް މުހައްމަދު ޝިފާޒް، އަދި ކުރީގެ މެންބަރު އަލީ އާޒިމް ވެސް ގުޅިފައިވަނީ ރައީސް ނަޝީދުގެ ޓީމުގެ ގޮތުގައި މަސައްކަތް ކުރުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޯލިހުގެ އަރިހުގައި މަސައްކަތްކުރައްވާ އެމްޑީޕީގެ އިސް ބޭފުޅަކު ބުނީ ރިޔާސީ ޓިކެޓުގެ ރޭހަށް ގިނަ ބައެއްގެ ޝައުގު ހުރި ނަމަވެސް ނަޝީދު އެ މަންޒަރަށް ވަންނަނީ ސޯލިހާއި ފައްޔާޒުގެ ވާދަވެރިކަމުގެ ތެރެއިން ކަމަށެވެ. އަދި ފައްޔާޒު މަސައްކަތް ކުރައްވަނީ ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ޓިކެޓު ހޯދަންކަމަަށް ވެސް އިބޫގެ ޓީމުގެ މެންބަރުން ބުނެއެވެ.

ނަމަވެސް ރައީސް ސޯލިހު ވަނީ ޕާޓީއަށް ހުރަހަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *