އަނިޔާވި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ފިލިޕިންސްގެ ފްލައިން ސްކޫލުން ހަމަޖައްސައިދެނީ

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމެއް އެ ދަރިވަރު ތަމްރީނު ހޯދަމުންދިޔަ ސްކޫލް "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އިން ހަމަޖައްސައި ދެމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.

ފްލައިން ސްކޫލްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސްޓޫޑަންޓް ލޯނުގައި ކިޔަވަމުން އަންނަ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށެވެ. އޭނާގެ މޫނު މައްޗާއި ބަނޑާއި ކޮނޑަށް އަނިޔާވުމުގެ އިތުރުން އިނގިއްޔެއް ވެސް ބުރިވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

އެ އަނިޔާތަކަށް ފަރުވާދިނުމަށް ބޮޑެތި ސާޖަރީތަކެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ. މިހާރުގެ އޭނާގެ ހާލު "ސްޓޭބަލް" ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެއާވޯކްސް އޭވިއޭޝަން އެކަޑަމީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދެމުން އަންނަ ކަމަށާއި އެ ދަރިވަރަށާއި އާއިލާ އަށް ބޭނުންވާ އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. ދަރިވަރު މުޅިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް ދިޔުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އެކަޑަމީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *