މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމާލައިފި

މަސްޖިދުއް ނަބަވީގެ އިމާމު، ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފަފުޅާއި އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީއިން ދިން ދައުވަތަކާ ގުޅިގެން ޑރ. ސަލާހުލް ބުދައިރު ވަނީ މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގެ ތެރޭގައި ޑރ. ސަލާހުލް ބުދައިރު ވަނީ ރައީސް މުއިއްޒާ ބައްދަލުކުރައްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައިވެ އެވެ. އިސްލާމީ ދާއިރާއިން ފާހަގަކޮށްލެވޭ އިލްމުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ ދަށުން ޑރ. ސަލާހުލް ބުދައިރު ރާއްޖޭގައި ހުންނެވިއިރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވި އެވެ.

ޑރ. ސަލާހުލް ބުދައިރުގެ ރާއްޖޭގެ ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވުނު ހަރަކާތްތަކުގެ ތެރޭގައި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރެއްވުމާއި، އިސްލާމީ މަރުކަޒުގައި ހާއްސަ ދަރުހެއް ދެއްވުން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *