ރާއްޖެ އާއި މެލޭޝިއާ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފަސް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުުފުޅުގައި ޕެރްޑާނާ ޕުޓްރާގައި މިއަދު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއް ގައެވެ.

ދެ ގައުމުން ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރުގެ ދާއިރާ އާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއިފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ބައިލެޓްރަލް ކޮންސަލްޓޭޝަންއާ ގުޅޭ އެއްބަސްވުމެކެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މަރިޔަމް ޝަބީނާ އެވެ.

ރައީސް މުއިއްޒު މެލޭޝިއާއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ރަސްމީ ބައި މިއަދު ނިމޭނެ އެވެ. އޭގެފަހުން ދިވެހި ސަރުކާރުން މެލޭޝިއާގެ ވިޔަފާވެރިންނާއި އިންވެސްޓަރުންނަށް އަމާޒުކޮށްގެން އިންތިޒާމު ކުރާ ބިޒްނަސް ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ މިރޭގެ ވަގުތެއްގައި ރައީސް ބައްދަލުކުރައްވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *