މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އެދިއްޖެ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހާޖީން ސައުދީގެ ޖިއްދާ އެއާޕޯޓްގައި ގިނައިރު މަޑުނުކޮށް ފައިބާ ގޮތަށް ހާޖީން ތިބޭ ހޮޓަލަށް ދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
މީގެއިތުރުން އެ އިންތިޒާމު ހަމަޖެހުމުން ދިވެހި ހާޖީން ސައުދީއަށް ދިއުމަށް ރާއްޖެއިން ފުރާނީ ސައުދީ އެއާޕޯޓްގައި ފުރިހަމަކުރަންޖެހޭ ކަންކަން ރާއްޖެއިން ފުރިހަމަކޮށްގެންނެވެ.
މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވުގައި ބައިވެރިވުމަށް ސައުދީ ސަރުކާރުން މިހާތަނަށް ފުރުސަތު ދީފައިވަނީ ހަތް ގައުމަކަށެވެ. އެއީ މެލޭޝިއާ، މޮރޮކޯ، އިންޑޮނީޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ތުރުކީ އަދި ކޮޓްޑިވްއާ އެވެ.
ފުރުޞަތު ދީފައި ވަނީ 7 ޤައުމަކަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާނެ ކަމަށެވެ.
"އުންމީދަކީ ރާއްޖެއިން އެދުނު ގޮތަށް ފުރުސަތު ލިބުން،" ޝަހީމް ވިދާޅުވި އެވެ.
ހައްޖަށް ދިވެހިންނަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަކީ ސަރުކާރުން އަބަދުވެސް ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމެކެވެ.




