ރައްޔިތުން ބޭނުންނަމަ މަޖިލިސް މެމްބަރުން ވަކިކުރެވޭގޮތަށް ގާނޫނު ބަދަލުކުރާނަން: ރައީސް

ރިކޯލް ވޯޓެއް ނަގާ އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭގޮތް ހަދަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރު ގާނޫނު އަސާސީ ގެންނަވަން ނިންމާފައިވާ ބަދަލުތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިބި ހުރިހާ އެންމެން އެ ދާއިރާއެއްގެ ރައްޔިތުން ބޭނުން ވެއްޖެނަމަ އިތުބާރު ނެތްކަމަށް ބަލާ ވަކިކިރަން ރީކޯލް ވޯޓެއް ނަގަން ބަދަލު ގެންނެވުމަށް ނިންމާފއިވާކަމަށެވެ.

" ދެން ރިކޯލް ވޯޓެއް ނަގާ ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފުކުރުން. ސޯ ދިސް އިންކުލޫޑް އޯލް އިލެކްޓެޑް ކައުންސިލާސް، އެމްޕީސް އެވެރިވަން ދެޓް އިޒް އިލެކްޓެޑް. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބީ ދާއިރާއަކަށް އައްޔަންކުރި މީހަކު އެ ދާއިރާއަކުން ވަކިކުރަން ބޭނުންވެއްޖެނަމަ އެ ދާއިރާއެއްގައި ރީކޯލް ވޯޓެެއް ނަގައިގެން އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެމީހެއް ގޮނޑި ގެއްލޭނެކަމަށެވެ.

" އެ ދާއިރާއަކުން އެމީހަކަށް ވޯޓްލީ ކޮންސްޓީޓުއެންސީއަކަށް ގޮސް އެ ނަގާ ރިކޯލް ވޯޓަކުން ފާސްވެއްޖެއްޔާ އޭނާ ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭ ޑިމޮކްރެޓިކް ކޮށް. އެއީ ރައްޔިތުންނަށް ބާރު ދިނުމަކީ. ރައްޔިތުން އޭނާ ހޮވީ ރައްޔިތުން ބޭނުމިއްޔާ ވަކިވެސް ކުރެވެންޖެހޭނެ ދައުރުގެ މެދުތެރެއިންވެސް." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އިސްލާހު ގާނޫނު އަސާސީއަށް ގެންނަން މިއަހަރު މަޖިލިސްއަށް ހުށައަޅުއްވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *