ޕީއެސްއެމްގެ އެޑިޓޯރިއަލް މިނިވަންކަން ގެއްލިފައިވާކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެޑިޓޯރިއަލް މިނިވަންކަން ގެއްލިފައިވާ ކަމަށް ބުނެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މެންބަރު ކުޑޫ ވިދާޅުވީ ޕީއެސްއެމް ހިންގުމުގައި އެއްވެސް ހަމަހަމަކަމެއް ނެތް ކަމަށެވެ.

ޕީއެސްއެމްގެ ގާނޫނުގެ ފަސްވަނަ އަދި ހަވަނަ މާއްދާގައި، ދައުލަތުގެ މީޑިއާގެ އެޑިޓޯރިއަލް ވަކި ފަރާތަކަށް ބުރަނުވާ ގޮތަށް އޮންނަންޖެހޭނެ ކަމަށް ލާޒިމުކޮށްފައިވާކަން މެންބަރު ކުޑޫ ފާހަގަކުރެއްވިއެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ މީޑިއާއިން ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި އެހެނިހެން ދާއިރާތަކުން މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހެއެވެ. އަދި މުޖުތަމައަށް ބޭނުންތެރި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް ޖާގަދިނުމަކީވެސް ދައުލަތުގެ މީޑިއާގެ އެޑިޓޯރިއަލް ސިޔާސަތުގެ މުހިންމު ބައެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށް ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ދައުލަތުގެ މީޑިއާއިން ހިންގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *