ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިމީހާ ކޯޓުން ދޫކޮށްލިއިރު، އޭނާއަށް ހަށިވިއްކި ތައިލޭންޑް އަންހެންމީހާ 15 ދުވަހު ޖަލުގައި ބަންދުކުރި: ޖޭއެސްސީ

މާލޭ މަސާޖް ޕާލާއަކުން ހައްޔަރުކުރި ސްޕްރީމް ކޯޓްގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިމީހާ ކްރިމިނަލް ކޯޓުން ދޫކޮށްލިއިރު، އޭނާއަށް ހަށިވިއްކި ތައިލޭންޑް އަންހެންމީހާ 15 ދުވަހު ޖަލުގައި ބަންދުކޮށްފައިވާކަން ޖޭއެސްސީ ތަހްގީގް ރިޕޯޓުން ހާމަވެއްޖެ އެވެ.

ޖޭއެސްސީގެ ތަހްގީގް ރިޕޯޓްގެ ސަފްހާ 8ގެ 1.5 ނަމްބަރުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިކަލުން “ޑައިމަންޑް ފިންގަރ“ މަސާޖް ޕާލާއަކަށް ފުލްބޮޑީ އޮއިލް މަސާޖަކަށް 450 ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށާއި އޭނާއަށް އެ މަސާޖް ޕާލާއިން ހިދުމަތް ދީފައި ވަނީ "ޗުލަމަންޑް ޕެންގްހަންޕަންގް" ނަމަކަށް ކިޔާ ތައިލޭންޑު އަންހެން ކަނބަލެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެ މަސާޖްޕާލާގެ 2 ނަމްބަރު ކޮޓަރިއަށް ވަތްއިރު އަޒުމިރަލްދާގެ ފިރިކަލުން ފޫކޮޅު މަތީ ކުޑަ ތުވާލި ބުރިއެއް އަޅައިގެން އޮރިޔާމުން ބަންޑުން އޮސޯވެ އޮތް ކަމަށާއި އެނދު ކައިރީގައި ތައިލޭންޑް އަންހެން ކަނބަލެއް އޭނާގެ ހިދުމަތުގައި ހުރި ކަމަށް ޖޭއެސްސީ ރިޕޯޓްގައި ބުނެފައިވެ އެވެ.

މިމައްސަލައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަޒުމިރަލްދާގެ ފިރިމީހާ ސަލާމަތް ކުރިކަން ސާބިތުވެ ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *