އެމްޑީޕީ ސަރުކާރުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް އިހްމާލުވެފައިވާ ސިޔާސީ ފަރާތްތައް ބަލަން ޖެހޭ: މުހްތާޒް

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާ އާއި އެހަމަލާގެ ތަހުގީގަށް ސިޔާސީ ވެރިން ވެފައިވާ އިހްމާލުގެ މިންވަރު މިނިވަން ބަޔަކު ބަލައި ދިރާސާ ކުރުމަކީ ގައުމީ ނަޒަރިއްޔާތަކުން ބަލާއިރު މުހިއްމު ކަމެއް ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޕީޖީ، މުހްތާޒު، ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާ އާއި އެހަމަލާގެ ތަހުގީގަށް ސިޔާސީ ވެރިން ވެފައިވާ އިހްމާލުގެ މިންވަރު މިނިވަން ބަޔަކު ބަލައި ދިރާސާ ކުރުމަކީ ގައުމީ ނަޒަރިއްޔާތަކުން ބަލާއިރު މުހިއްމު ކަމެއް ކަމުގައި ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާއަށް، ހަތަރު އަހަރުވުމާ ދިމާކޮށް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާއަށް ދިނީ އެމަނިކުފާނު ގެކޮޅުން ނުކުންވައިގެން ކާރަށް އަރަން ވަޑައިގަންނަވަނިކޮށް 2021 ވަނަ އަހަރުގެ މޭ 6 ގައެވެ.

މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރަންޖެހުނެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.

މީހެ ހަތަރު އަހަރު ކުރިން ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފުރިހަމައަށް ތަހުގީގު ކުރަން އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސްއިންވެސްވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *