ވާނުވާ ބަންދުގައި ތިބި ބައެއް މީހުން ޓެގް އަޅުވާފައި ދޫކޮށްލެވޭތޯ ބެލުމުގެ މަސައްކަތް ފަށައިފިން: ރައީސް

ތަފާތު އެކިއެކި ކުށްކުށުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން ވާނުވާ ބަންދުގައި ތިބި ބައެއް މީހުން ޓެގް އަޅުވާފައި ދޫކޮށްލެވޭތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ހަފްތާއަކު އެއްފަހަރު ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގް އަޅުވާފައި ދޫކޮށްލެވޭ މީހުންބަލައި އެކަން ކުރެވޭނެ ގޮތްތައް ބަލަމުންދާކަމަށެވެ. އެގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ހަވާލުކުރެވި އެ މަސައްކަތް ފަށާފައިވާކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ޓެގުއަޅުވާފައި ދޫކޮށްލެވޭތޯ ބަލަމުންދާކަމަށެވެ. ދޫކޮށްލާ މީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިތިބި މީހުން ނުހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ތިބިކަމަށާއި، އޭގެ ތެރޭގައި ވަރަށްގިނަ އަހަރުވަންދެން ބަންދުގައި ތިބި މީހުންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ބައެއް މީހުން 6 އަހަރު ވާނުވާ ބަންދުގައި ހޭދަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ވީހާވެސް ގިނަ މީހުން، ތިންބައިކުޅަ އެއްބައިވަރު ގާތްގަނޑަކަށް ޓެގް އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރުވާނީ ފުލުހުންނާ ޕީޖީއާ އޭޖީއާ އެއްކޮށް މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފަ

ރައީސް ޑރ.މުއިއްު ވިދާޅުވިއެވެ

 

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ކުށާއި، ކުދަކުދިންނަށް ޖިންސީ ގޯނާގެ ކުށާއި އެނޫންވެސް ބޮޑެތި ކުށްތައް ކޮށްފައިތިބި މީހުން ފިޔަވައި އެހެން ކުށްވެރިން ކަފާލާތުގެ ތެރެއިން ގެއަށްދޫކޮށްލެވޭނެ ގޮތެއް އޮތްތޯބެލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ މިބާވަތުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވީހާވެސް އަވަހަކަށް މައްސަލަތައް ބަލއި ނިންމުން ކަމަށާއި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކޯޓުތަކުގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޯޓުތަކުގެ ޖާގައިގެ އިތުރުން އިދާރީ މުއައްޒަފުން އިތުރުކުރުމުގެ ކަންކަންވެސް ކުރިއަށްއޮތް ތަނުގައި ކުރައްވާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *