މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީއަށް ނިންމައިފި އެވެ.

ކޮމެޓީން މި ގޮތަށް ނިންމީ ދެންމެ ބޭއްވި ބައްދަލްވުމުގަ އެވެ. ހުޅުވާލައިގެން ފެށުމަށް ފަހު މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް ކަަމަށް ބުނެ ކޮމެޓީގެ ފަހު ބައި ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

ކޮމެޓީގެ ނިންމުމުގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ ނިންމި ނިންމުން ސައްހަ ކަމަށް ކޮމެޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމާ މައްސަަލައާމެދު ގޮތް ނިންމަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *