ދޮގު ފަތުރާތީ ކަމަށް ބުނެ ސޯސިއަލް މީޑިޔާގެ ބޮޓް “ހަސަން ކުރުސީ“ އެކައުންޓް އެކްސްއިން އަނެއްކާ ވެސް ބުލޮކް ކޮށްފި އެވެ.
ހަސަން ކުރުސީ އަކީ ރާއްޖޭގެ ސިޔާސީ ކަންކަމާއި ސަރުކާރުގެ ނޭދެވޭ ކަންކަމުގެ ވާހަކަތައް އާއްމް ސަމާލުކަމަށް ގެންނަމުންދާ ފަރާތެކެވެ.
އާއްމުންގެ ޒާތީ މައުލޫމާތާއި ސިޔާސީ ދޮގު މައުލޫމާތު އާއްމް ކުރާ ކުރުސީ އަކީ ރާއްޖޭގެ ކުރީގެ ސިޔާސީ ފަރާތެއް އަޑީގައި ހުރެ ހިންގާ ސްކޭމެއް ކަމަށް ރަސިޔާއިން ވެސް ވަނީ ބުނެފަ އެވެ.
ދިވެހިރާއްޖޭގެ އާއްމް ރައްޔިތުންނާއި ސަރުކާރުތަކުގެ މައުލޫމާތު ދޮގުހަދައިގެން ހަސަން ކުރުސީ ފަތުރާކަމަށް ބުނެ އެ އެކައުންޓް އެކްސްއިން ބުލޮކް ކޮށްފައިވާއިރު ދާދި ފަހުން ސިންގަޕޫރުން ރާއްޖެ ދަތުރު ނުކުރުމަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ވެސް ވަނީ ދޮގު ފަތުރާފަ އެވެ.




