އެކްސިޑެންޓްތައް ގިނަވާތީ މިނިސްޓަރު އިހުސާނާއި ސުވާލު ކުރަން ހުށަހަޅައިފި

އެކްސިޑެންޓްތައް ގިނަވާތީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

މިނިސްޓަރު އިހުސާނަށް އެޑްރެސްކުރައްވައި، ކުޑޫ ހުށަހެޅުއްވި ސިޓީގައި ވަނީ ސިނަމާލެ ބުރިޖުގައި އެކްސިޑެންޓްތައް އާންމުވެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާކަން މިހާރު ފާާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް ވައުދުވެވަޑައިގަތް ގޮތަށް ގާނޫނާއި ގަވަައިދުތައް އިސްލާހުކުރަން މަސައްކަތްކޮށްފައިވާ ތަން ފެންނަން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

"ބުރިޖު މަތީގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރިކަމަށް ކުރެވިފައިވަނީ ނުވަތަ ކުރިމަތިވެމުންދަނީ ކޮން ކަމެއްތޯ؟ އަދި ކަނޑައެޅިފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވާ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވޭތޯ އާއި އެ ނިޒާމަކީ ކޮބައިތޯ؟" އިހުސާންއަށް ފޮނުއްވި ސިޓީގައި ސާފުކޮށްދޭން މެމްބަރު އެދިވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *