އެއް ޓެކުހެއް ތަކުރާރުވާ މައްސަލަ ހައްލުކުރަން ރާއްޖެއާއި ހޮންކޮންގް އެއްބަސްވުމަކަށް

އެއް އާމްދަނީއަކުން ދެ ފަހަރަަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނައުމަށްޓަކައި ޑަބަލް ޓެކްސް އެވޮއިޑެންސް (ޑީޓީއޭ)އެއްބަސްވުމުގައި ދިވެހިރާއްޖެއާއި ހޮންގްކޮންގް މިއަދު ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. ހޮންގްކޮންގް ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހޮންގްކޮންގްގެ އިންލެންޑް ރެވެނިއު ޑިޕާޓްމަންޓުގެ ކޮމިޝަނާ ޗެންޒިވައި ބެންޖަމިނެވެ.

މީރާ އިން ބުނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއް އާމްދަނީއަކުން ދެ ފަހަރަަށް ޓެކްސް ނެގުން ހުއްޓުމަކަށް ގެނެސް، ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރު ހެދުމުގެ ދޮރުތައް ބަންދުކުރުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމާ އެކު ދެ ގައުމުގެ މެދުގައި ޓެކުހާ ގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށްވެސް ފަސޭހަ ވެގެންދާނެ ކަމަށް މީރާ އިން މައުލޫމާތުދެ އެވެ.

ރާއްޖެއިން މީގެކުރިން ވަނީ ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި އިންޑިއާ، ޔޫއޭއީ، ބަންގްލަދޭޝް އަދި މެލޭޝިއާއާ އެކުވެސް ސޮއި ކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *