ގަދަ 10 ގައުމުން 700،000 ފަތުރުވެރިން ރާއްޖެއަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުން މިއަހަރުގެ މިހާތަނަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 700،596 ފަތުރުވެރިންނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

މިއީ ރާއްޖެއަށް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 65.5 ޕަސެންޓެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 132،707 ފަތުރުވެރިން
ރަޝިއާ – 121،460 ފަތުރުވެރިން
އިނގިރޭސިވިލާތް – 105،611 ފަތުރުވެރިން
އިޓަލީ – 85،174 ފަތުރުވެރިން
ޖަރުމަނު – 80،647 ފަތުރުވެރިން
އިންޑިއާ – 63،907 ފަތުރުވެރިން
ފްރާންސް – 35،219 ފަތުރުވެރިން
އެމެރިކާ – 33،525 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 22،603 ފަތުރުވެރިން
އޮސްޓްރޭލިއާ – 19،743 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 771،272 ފަތުރުވެރިން — .72.1 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 243،044 ފަތުރުވެރިން — 22.7 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 29،997 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 24،730 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 821 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 856 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *