ނިޔާވި 15 އަހަރުގެ ކުއްޖާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ ފޮނުވައިފި

މޫދަށް ގޮސް އުޅެނިކޮށް 15 އަހަރުގެ ކުއްޖާ ނިޔާވި ޙާދިސާއާ ގުޅިގެން އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއްކަމަށެވެ.

ފުލުހުން ވިދާޅުވީ، މާމިގިލި ކައިރިއަށް ފީނަން ދިޔަ 4 ކުދިން ހިމެނޭ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން ރިޕޯޓްކުރީ ރޭ 7:00 ހާއިރުކަމަށެވެ.

ލޫތުގެ ހަށިގަނޑު ފެނިފަވަނީ، ފީނަށް ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހަށް ރިޕޯޓްކުރަމުން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *