މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ގ. ގަނެޓް، ހަސަން ޔާމީން (30 އ) އެވެ.
ޔާމީން ގެއްލިގެން ހޯދަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން އާއިލާއަށް ޚަބަރެއް ނުވުމުންނެވެ.
އެނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ވަނީ ޔާމީނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.




