ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
ފެމިލީ ކޯޓުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދަފްތަރު ނަމްބަރު 2758، އަހްމަދު އަލީގެ މައުލޫމާތާއި ފޮޓޯ އާންމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކޯޓުން ބުނީ ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ މިއަދު އާންމުކުރި ނަމަވެސް އެންމެންގެ ފޮޓޯ އެގޮތަށް އާންމުކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ ޅ. ހިންނަވަރު ކޯޓުންނާއި ހދ. ކުޅުދުއްފުށީ ކޯޓުންވެސް މީގެ ކުރިން އާންމުކޮށްފައިވެ އެވެ.
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ އާންމުކުރަން ފެމިލީ ކޯޓުން 2018 ވަނަ އަހަރު ނިންމި ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކޮށްފައެއް ނުވެ އެވެ.




