ވީއައިއޭގެ ޓެކްސީ ކިއު އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީ ކިއު ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.

މާދަމާ އިން ފެށިގެން މި ބަދަލު ގެނައުމަށް ވީއައިއޭ އިން ނިންމީ އާ ޓާމިނަލް މި މަހުގެ 26 ހުޅުވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އެމްއޭސީއެލް އިން ބުނީ ޓެކްސީ ކިއު ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުުރުމާ ގުޅިގެން ކިއުގެ އިންތިޒާމުތައް ބަލަހައްޓާނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކަމަށެވެ.

މިބަދަލާ ގުޅިގެން މިހާރު ޑޮމެސްޓިކް ޓާމިނަލަށް ކާރުގައިދާ ޕަސެންޖަރުން މާދަމާ އިން ފެށިގެން ފައިބަންޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ކާރުތައް މަޑުކުރަން ހާއްސަ ކޮށްފައިވާ ސަރަހައްދަށެވެ. އަދި އެއާޕޯޓަށް ދަތުރުކުރާ އެމްޓީސީސީގެ ބަސްތައް މާދަމާ އިން ފެށިގެން މަޑުކުރާނީ އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ސްޓޮޕަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ މިހާރު ވަނީ ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކް ނުކުރެވޭ ގޮތަށް އެ ތަންތަން ވަގުތީގޮތުން ބަންދުކޮށްފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެމްއޭސީއެލް އިން މިހާރު ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *