ވެސަލް މޮނިޓަރިން ސިސްޓަމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ނޭޝަނަލް ވެސަލް މޮނިޓަރިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ އެދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހެ އެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 95،000 ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި މަޝްރޫއަށް ބިޑް ހުށަހަޅަންޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮތީ އެ ދުވަހުގެ މެންދުރުފަހު 1:00 ގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *