ނަގުދު ފައިސާގެ ގޮތުގައި މިދިޔަ އަހަރު 34 ބިލިއަން ރުފިޔާ ނެގި

ފާއިތުވި 2024 ވަނަ އަހަރު ނަގުދު ފައިސާގެ ގޮތުގައި 34 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކް އެކައުންޓްތަކުން ކަސްޓަމަރުން ނަގައިފި އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައި ބުނީ ރާއްޖޭގެ އޭޓީއެމްތަކާއި ޕީއޯއެސް ޓާމިނަލްސް އަދި ބޭންކްތަކުގެ އޯވާ-ދަ-ކައުންޓާތަކުން މިދިޔަ އަހަރު 34.8 ބިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

މި 34.8 ބިލިއަން ރުފިޔާގެ ތެރެއިން 96 ޕަސެންޓަކީ އޭޓީއެމް މެދުވެރިކޮށް ނެގި ފައިސާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ނަގުދު ފައިސާ ނެގުމަށް ކުރި ޓްރާންސެޝަންގެ އަދަދު 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު ނުވަ ޕަސެންޓް ދަށްވެފައިވާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ކަސްޓަމަރުން ކާޑުން ނުވަތަ އޮންލައިންކޮށް ކުރާ ފައިސާގެ މުއާމަލާތްތައް އިތުރުވުމެވެ.

އެ ގޮތުން މިދިޔަ އަހަރު އެކައުންޓް ޓްރާންސްފާ — އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ހިދުމަތުން 768.5 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *