އެކައުންޓް ޓްރާންސްފާ — އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ހިދުމަތުން މިދިޔަ 2024 ވަނަ އަހަރު 768.5 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައި ބުނީ ޓްރާންސްފާގެ ހިދުމަތުގެ ތެރެއިން މިދިޔަ އަހަރު 132.3 މިލިއަން މުއާމަލާތްކޮށްފައިވާ ކަމަށެވެ.
ޓްރާންސްފާ ހިދުމަތުގެ ތެރެއިން 131.4 މިލިއަން މުއާމަލާތް — 79 ޕަސެންޓަކީ ޑޮމެސްޓިކް މުއާމަލާތެވެ.
ޑޮމެސްޓިކް މުއާމަލާތްތަކުގެ ގޮތުގައި މިދިޔަ އަހަރު 606.9 ބިލިއަން ރުފިޔާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފޮނުވާފައިވެ އެވެ.
ޓްރާންސްފާ ހިދުމަތުން ފައިސާ ފޮނުވި އަދަދު
2019 – 225 ބިލިއަން ރުފިޔާ
2020 – 235 ބިލިއަން ރުފިޔާ
2021 – 371 ބިލިއަން ރުފިޔާ
2022 – 563 ބިލިއަން ރުފިޔާ
2023 – 557 ބިލިއަން ރުފިޔާ
މީގެ އިތުރުން އިންޓަނޭޝަނަލް 841،000 މުއާމަލާތްކޮށްފައިވެ އެވެ. އިންޓަނޭޝަނަލް މުއާމަލާތްތަކުގައި 161.6 ބިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވެ އެވެ.




