އުކުޅަހުގައިވެސް ޑޮލަރު އޭޓީއެމްއެއް

އއ. އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމެއް ހުޅުވާ ހިދުމަތް ފަށައިފި އެވެ.

މި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންނެވެ.

އުކުޅަހުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމުގެ އިތުރުން ބީއެމްއެލްގެ އިސްލާމިކް ބްރާންޗެއްވެސް މިއަދު އެ ރަށުގައި ހުޅުވި އެވެ.

މިރަސްމިއްޔާތުގައި ބީއެމްއެލް ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބީއެމްއެލް އިން މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ހުޅުވާފައިވަނީ އުކުޅަހުގެ އިތުރުން ކުޅުދުއްފުށްޓާއި، ކ. މާފުއްޓާއި، އއ. ތޮއްޑޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *