މިފްކޯ އިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި

ސަރުކާރުގެ މަސް ކުންފުނި — މިފްކޯ އިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި އެވެ.

މިފްކޯގެ ބޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކުގައި ބަނދަރުކޮށް އެ ސިޓީން އިއްޔެ އިން ފެށިގެން މަސް ގަންނަމުންދާ ކަމަށް މިފްކޯ އިން ބުންޏެވެ.

ފުވައްމުލަކު މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއްވެސް މިފްކޯ އިން ގެންދަނީ ހަދަމުންނެވެ. މިފްކޯ އިން ކުރިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ފުވައްމުލަކު ފެކްޓަރީގެ ހިދުމަތް މިއަހަރު ފެށުމެވެ.

މިފްކޯ އިން ގެންދަނީ އައްޑޫ ސިޓީން ގަންނަ މަސް ހުވަދު އަތޮޅުގައި ހުންނަ ކޫއްޑޫ ފެކްޓަރީއަށް ނުގެންގޮސް ސީދާ އައްޑޫ އިން އެހެން ގައުމުތަކަށް މަސް ބޭރުކުރުމަށްވެސް ތައްޔާރުވަމުންނެވެ.

މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްއެއްވެސް އައްޑޫ ސިޓީގައި ހިންގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *