އަލް-އަގްސާއަށް ހުކުރު ނަމާދަށް ދިޔަ މީހުންނަށް އިޒްރޭލުން ހުރަސް އަޅައިފި

ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު އަލް-އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލު ސިފައިން ހުރަސް އަޅައިފި އެވެ.

އަލް-އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ވަދެވޭނެ ކަމުގެ އުންމީދުގައި ގަލަންދިޔާ ޗެކްޕޮއިންޓް ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކިއޫގައި ޖެހުނެވެ.

ހުކުރު ނަމާދަށް އަލް-އަގްސާ މިސްކިތަށް ވަދެވޭނީ އެންމެ 10،000 މީހުންނަށް ކަމަށް ކަނޑައަޅާ މިސްކިތަށް ވަނުމުގެ ހުއްދަ އިޒްރޭލުން ދީފައިވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

އެ ގޮތުން ހުއްދަ ދީފައިވަނީ 12 އަހަރުން ދަށުގެ ކުދިންނާއި 55 އަހަރުން މަތީގެ ފިރިހެނުންނާއި، 50 އަހަރުން މަތީގެ އަންހެނުންނަށް އެކަންޏެވެ.

އިޒްރޭލުގެ ނޫޙަކުން ރިޕޯޓްކުރި ގޮތުގައި ހެނދުނާ ހަމައަށް ގަލަންދިޔާ ޗެކްޕޮއިންޓުން ގުދުސްއަށް ވަދެވުނީ އެންމެ 2،000 އެއްހާ ފަލަސްތީނު މީހުންނަށެވެ.

އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި 3.3 މިލިއަން މީހުން ދިރިއުޅެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *