ޖެނުއަރީ މަހު އެއާޕޯޓު ޓެކުހުން ދައުލަތަށް 369.5 މިލިއަން ރުފިޔާ

އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 369.5 މިލިއަން ރުފިޔާ — 24 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.7 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 188.8 މިލިއަން ރުފިޔާ ލިބުނެވެ.

ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނީ 115.5 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނީ 117.4 މިލިއަން ރުފިޔާ އެވެ.

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.

ޑިޕާޗާ ޓެކްސް މިހާރު ނަގާ ރޭޓް
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު | ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު | ބިދޭސީން 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު | ބިދޭސީން 90 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު | ބިދޭސީން 120 ޑޮލަރު

ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގާ ރޭޓް
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު | ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު | ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު | ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު | ބިދޭސީން 480 ޑޮލަރު

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *