ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 400،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 381،870 ފަތުރުވެރިންނަށްވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 67,185 ފަތުރުވެރިން
ރަޝިއާ – 46,636 ފަތުރުވެރިން
އިޓަލީ – 40,345 ފަތުރުވެރިން
އިނގިރޭސިވިލާތް – 38,162 ފަތުރުވެރިން
ޖަރުމަނު – 24,980 ފަތުރުވެރިން
އިންޑިއާ – 14,770 ފަތުރުވެރިން
ފްރާންސް – 14,705 ފަތުރުވެރިން
އެމެރިކާ – 11,089 ފަތުރުވެރިން
ޕޮލެންޑް – 10,619 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 8,861 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 411,673 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 1,489 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 1,499 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,137 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 387 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 783 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ކަނޑުމަގުން އަހަރުގެ މިހާތަނަށް 1،065 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 283,272 ފަތުރުވެރިން
ހޮޓެލްސް – 12,021 ފަތުރުވެރިން
ގެސްޓްހައުސް – 111,390 ފަތުރުވެރިން
ސަފާރީ އުޅަނދުތައް – 8,473 ފަތުރުވެރިން
އެހެނިހެން – 467 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 914 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،047 އެވެ.




