މި މަހުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 200،971 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މިއާއެކު އަހަރުގެ މިހާތަނަށް 428،169 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. ރާއްޖެއަށް މިހާރު އެވަރެޖްކޮށް ކޮންމެ ދުވަހަކު 8،000 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާއިންނެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 69,006 ފަތުރުވެރިން
ރަޝިއާ – 47,994 ފަތުރުވެރިން
އިޓަލީ – 41,775 ފަތުރުވެރިން
އިނގިރޭސިވިލާތް – 38,911 ފަތުރުވެރިން
ޖަރުމަނު – 25,658 ފަތުރުވެރިން
ފްރާންސް – 15,345 ފަތުރުވެރިން
އިންޑިއާ – 15,058 ފަތުރުވެރިން
އެމެރިކާ – 11,293 ފަތުރުވެރިން
ޕޮލެންޑް – 10,851 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 9,188 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 180 ރިސޯޓާއި 916 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،206 އެވެ.




