މި ރޯދަމަހުވެސް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ވަނީ ހުޅުވާލާފަ އެވެ.
ކުރީ އަހަރުތަކާ ހިލާފަށް މި ފަހަރު މި ގޭމް ފަރުމާކޮށްފައި ވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި ޓީމް ވޯކް އެކުލެވިގެންވާ ގޮތަށެވެ.
ކަސްޓަމަރުން އުރީދޫ ސުޕައެޕްގެ ހޯމް ސްކްރީނުން ފެންނަ ކަރާ ގޭމް ބެނާއަށް ފިއްތާލައި، ކޮންމެސް އެއް ޓީމެއްގައި ބައިވެރިވެ ކަރާ ފެޅޭނެ އެވެ. އެ ގޮތުން ރަތް ލަޝްކަރު ނުވަތަ ނޫ ލަޝްކަރުގައި ބައިވެރިވެވޭނެ އެވެ.
ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެ އެވެ. މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނެ އެވެ. އަދި ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެ އެވެ.
މީގެ އިތުރުން ރަމަޟާން މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ އެވެ.
ކަރާ ފެޅުން ގޭމް އަކީ ރަމަޟާން ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތެވެ.
އުރީދޫ ސުޕައެޕް ހުޅުވައި، ރައްޓެހިން އެއްކޮށް، ޓީމެއް ހިޔާރުކޮށް، ކަރާ ފެޅުމުގައި ބައިވެރިވުމަށް އުރީދޫ އިން ވަނީ ދައުވަތު އަރުވާފަ އެވެ.




