އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ މިސައިލް ހަމަލާތައް ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް އަމާޒުވެފަ އެވެ.
އިޒްރޭލުގެ ހަމަލާތަކެއް އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އޮފީސް ކައިރިއަށް އަމާޒުވެފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ އީރާނަށް ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މިއީ އިޒްރޭލަށް އޮތް ނުރައްކާ ނައްތާލުމަށް ދިން ހަމަލާތަކެއްވެސް އިޒްރޭލުން ބުންޏެވެ.
އިޒްރޭލުން މި ހަމަލާތައް ދީފައިވާއިރު އިޒްރޭލަށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރުގެ ރަނގަބީލު އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 8:15 (ޖީއެމްޓީ ގަޑިން 6:15) ވަނީ އަޅަން ފަށާފަ އެވެ.




