މެދުއިރުމަތީގައިވާ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަކީ އަމާޒުތަކެއް ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ އިޒްރޭލުން ކުރިމަތިލާންޖެހޭނެ ކަންކަމަށް ތައްޔާރުވުމަށް އަންގާފައިވާނެ ކަމަށާއި އީރާނުގެ ރައްދު ދޭނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ "ރަތް ރޮނގެއް" ނޯންނާނެ ކަމަށާއި ކޮންމެ ފަދަ ކަމެއް ހިނގުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ މި ހަމަލާއަކީ އީރާނަށް ސިހުމެއް ނޫން ކަމަށާއި ރައްދު ދޭން ތައްޔާރަށް އޮތް ކަމަށެވެ. އަދި އަމާން ދިނުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.




